ރާއްޖޭގައި އަނެއްކާ ވެސް ފުޓްބޯޅައިގެ ފޯރި ގަދަވާން ފަށާފައިވާ ކަމަށާއި އެކަމަށް ސަރުކާރުން ވަރަށް މަސައްކަތް ވެސް ކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް އޭނަ ވިދާޅުވީދި ކުލަބުތަކާއި އެފްއޭއެމް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށާއި، އިހު އޮތް ފޯރި އަލުން އިޔާދަވެގެން އަންނަ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ.
ރާފިއު ވިދާޅުވީ ރާއްޖޭގައި ކުރިން ފުޓްބޯޅަ އަށް އޮތް ފޯރި މުސްތަގްބަލުގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މުސްތަގްބަލުގައި ފޯރި އޮތް ގޮތަށް ކުރިޔަށް ގެންދަން މަސައްކަތް ކުރާނެ ކުޅިވަރެއް މީ. އަދިވެސް އެއްފަހަރު މުބާރާތް އެހާ ކާމިޔާބުކޮށް ގެންދިއުމަށް ހަމަ ޝާމިލުވެ އުޅުނު ހުރިހާ ފަރާތްތައް މީޑިއާ ވެސް ހިމެނޭ ގޮތަށް ޝުކުރު ދަންނަވަން". އޭނަ ވިދާޅުވި އެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގެއްލުނީ އެ ކުޅިވަރު ކުރިއަރުވަން އޮތް އެފްއޭމްގެ ހިންގުން ދޯދިޔާވެ، އެތަނުގެ ތެރޭގައި މި ފަހުން އަށަގަތް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ ހެދި ކަމަށް ގިނަ ބަޔަކު ދެކެ އެވެ.