Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ތަވާ ފިޝް ފްރައި

* ބޭނުންވާ ތަކެތި:

500 ގްރާމް މަސް (ޓޫނާ ސްޓޭކް/ ނޫނީ ބޭނުން ވައްތަރެއްގެ މަހުގެ ސްޓޭކް)
2 މޭޒުމަޓީ ސަމްސާ ޗިލީ ފްލޭކްސް
¼ މޭޒުމަތީ ސަމްސާ ރީނދޫ
ދިރި (މުގުރި ¼ ސައިސަމްސާ)
2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
ކޮރިއަންޑާ (ޑުރައިކޮށްފައި ހުރި)
1 މޭޒުމަތީ ސަމްސާ ލޮނުމިރުސް ހަވާދު
2 މޭޒުމަތީ ސަމްސާ ޖިންޖަ-ގާލިކް ޕޭސްޓް
½ މޭޒުމަތީ ސަމްސާ ލޮނު
4 މޭޒުމަތީ ސަމްސާ ގްރާމް ފުށް
2 މޭޒުމަތީ ސަމުސާ ފެން

* ތައްޔާރު ކުރާނެ ގޮތް:

ބޮޑު ބޯތައްޓެއްގައި ޗިލީ ފްލޭކްސް، ރީނދޫ، ދިރި، ލުނބޯ ހުތް، ލޮނުމިރުސް ހަވާދު، ޖިންޖަ-ގާލިކް ޕޭސްޓް، ލޮނު، ފުށް، ފެން، ކޮރިއަންޑާ މިކްސްކޮށްލާށެވެ. ދެން އެއްކުރި ތަކެތީގެ ތެރެއަށް މަސްކޮޅުލައި އެއް ގަޑިއިރު ވަންދެން މެރިނޭޓްކޮށްލަން ފްރިޖަށްލާށެވެ.

އެއަށް ފަހު ތާހެއްގައި ކުޑަ ތެޔޮފޮދެއް އަޅާލުމަށް ފަހު ހޫނުވުމުން މަސްތައް އަޅައި ފިހެލާނީ އެވެ.