ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. ކެލައަށް ގެންދިޔަ އައު އިންޖީނު ބަހައްޓައި، ހިދުމަތަށް ބޭނުންކުރަން ފަށައިފި އެވެ.
ފެނަކައިން ބުނީ ކެލާގައި ބޭނުންކުރަން ފެށި އާ އިންޖީނު އެ ރަށަށް ގެންގޮސްފައިވަނީ މިދި ޔަހަފްތާގެ ތެރޭގައި ކަމަށެވެ.
ކެލާއަށް ގެންގޮސް ޓެސްޓް ކުރުމުގެ މަރުޙަލާ ނިންމައި، އިއްޔެ ހިދުމަތަށް ބޭނުންކުރަން ފެށުނު އާ އިންޖީނަކީ600 ކިލޯވޯޓުގެ އިންޖީނެއް ކަމަށާއި މީގެކުރިން އެރަށުގައި ކަރަންޓު ދެމުން އައި ކެޕެސިޓީއަކީ 600 ކިލޯވޮޓް ކަމަށް ފެނަކައިން ބުންޏެވެ.
އެހެންކަމުން އަލަށް ބެހެއްޓި އިންޖީނާއެކު، 1000ކިލޯވޮޓް އަށް ކެޕޭސިޓީ އިތުރުކުރެވި، މެދުނުކެނޑި ކަރަންޓުދިނުމުގެ ގާބިލުކަން މިހާރު އިތުރުކުރެވިފައިވާ ކަމަށްވެސް ފެނަކައިން ބުންޏެވެ.
ކަރަންޓު ކެޕޭސިޓީ އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި ފެނަކައިންވަނީ މުޅިން އާ ހަތަރު އިންޖީނު އެކި ރަށްރަށަށް ފޮނުވާފަ އެވެ. އެ އިންޖީނުތައް ބަހައްޓައި، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފެނަކައިން މިހާރު އަންނަނީ ކުރަމުންނެވެ.