Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މއ.ސިޓީވިލާގައި ކަމަށެވެ.

މީހުން ދިރިއުޅޭ މިގޭގައި ހިނގި މި ހާދިސާގެ ރިޕޯޓް ރޭ ދަންވަރު 03:06 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި މިގޮތުން، ރޯވި އަލިފާން 04:12 ހާއިރު އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި މި ގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެ އެވެ.