Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މިފްކޯ އިިން އާ 5 އުފެއްދުމެއް ނެރެފި

މިފްކޯގެ ފަސްމީރު ބްރޭންޑުގެ ދަށުން "ރަންވަރު" ޕްރީމިއަމް އުފެއްދުންތަކުގެ ގޮތުގައި އާ ފަސް އުފެއްދުމެއް ނެރެފި އެވެ.

އެ އުފެއްދުންތައް ބާޒާރަށް ތަޢާރަފުކުރުމުގެ ގޮތުން މިފްކޯ މަސްފިހާރައިގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އަލަށް ނެރުނު އުފެއްދުންތަކަކީ މޭބިސް ލަގޮނޑި ރިހާކުރާއި ހިމުން މުގުރިމަސް ރިހާކުރާއި ހިމުން މުގުރިމަހު ތެލުލި ރިހާކުރާއި ކަންނެލި ސްޓޭކް މަސްދަޅުގެ އިތުރުން ބަނޑައިދުލުގެ މަސްދަޅެވެ.

މި އުފެއްދުންތަކާ ގުޅޭ ގޮތުން މިފްކޯގެ ސޭލްސް އެންޑް މާކެޓިންގ ޖެނެރަލް މެނޭޖަރު ޙަސަން ޒާހިދު ވިދާޅުވީ ކުންފުނީގެ އަމާޒަކީ ރައްޔިތުން ބަލައިގަންނާނެ ފަދަ އުފެއްދުންތަކެއް ބާޒާރަށް ނެރުން ކަމަށެވެ.

"އަދި ކުރިއަށް އޮ ތްތާނގައިވެސް މިފަދަ ތަފާތު އުފެއްދުންތައް ރަންވަރު ބްރޭންޑްގެ ދަށުން ތަޢާރަފު ވެގެންދާނެ." އޭނަ ވިދާޅުވިއެވެ.

"ރަންވަރު" ބްރޭންޑަކީ ރާއްޖޭގެ ބާޒާރަށް ޚާއްސަކޮށް މިފްކޯއިން ތަޢާރަފުކުރި ބްރޭންޑެކެވެ.