ރޭ މެންދަމު މާލޭގައި ރޯވި ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެތަނުން މިއަދު ބުނީ މއ. ސިޓީވިލާގައި ރޯވި ހާދިސާގައި އެގެ އަށް، ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ އެ ގޭގައި އުޅުނު އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް ބުންޏެވެ.
ސިޓީވިލާގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑިއެފަށް ރިޕޯޓްކުރީ މެންދަމު 03:06 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ މައުލޫމާތު ލިބުމާ އެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ގޭގައި ރޯވި އަލިފާން ނިއްވައިލެވުނީ 04:12 އެހާކަށްހާ އިރު އެވެ.