Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ދެ ކިލޯޑް ޑްރަގް އެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއް ޖެއަށް އެތެރެކުރި މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މި މައްސަލައިގައި މިދިޔަ މަހުގެ 28 ގައި ހައްޔަރުކޮށްފައި ވަނީ ތިން މީހެކެވެ. އެ ތިން މީހުންނަކީ މެލޭޝިއާ އަށް ނިސްބަތްވާ
ރަންޖިނި ޖީވަނަންތަން، 38، އާއި ގދ. ވާދޫ ،ފުރުސަތު، ލޫޠު އިބްރާހީމް، 29، ގެ އިތުރުން ގއ. ދާންދޫ، ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް، 21، އެވެ.

ފުލުހުން ބުނީ އެމި ތިންމީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި ލޫޠު އާއި ރިޝްމާހް ހައްޔަރުކުރީ މާލެއިންނެވެ.

މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަންޖިނި އާއި ލޫޠުގެ ބަންދަށް 15 ދުވަަސް އަދި ރިޝްމާހްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހައިފަ އެވެ.