Last Updated: June 5, 19:20
Friday, June 5, 2026
މުނިފޫހިފިލުވުން

ޓައިގާ އާއި މަދުވާނީގެ ފިލްމަކީ 'ވަޖްރާ'

ޓައިގާ ޝްރޮފާ އެކި ޑައިރެކްޓަރު ރާމް މަދުވާނީ ހަދަން ނިންމާފައިވާ ފިލްމުގެ ނަމަކީ 'ވަޖްރާ' ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަހާވީރު ޖެއިން ޕްރޮޑިއުސްކޮށް ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ މި ފިލްމަކީ ސްޕިރިޗްއަލް އެކްޝަން ފިލްމެކެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 'ވަޖްރާ' ގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށާއި ފިލްމުގައި ކުޅެން ކެރެކްޓާ އަށް ވަރަށް ބޮޑަށް ތައްޔާރު ވެސް ވާނެ ކަމަށެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ އެކްޝަން ތަރިންގެ ތެރޭގައި ހިމެނޭ ޓައިގާ މިހާރު އަންނަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް މެހެތާ ޑައިރެކްޓްކުރާ ރޮމޭންޓިކް އެކްޝަން ތުރިލާ 'ލަގް ޖާ ގަލޭ' ގެ މަސައްކަތް ކުރަމުންނެވެ. މީގެ ކާސްޓްގައި ޖާންވީ ކަޕޫރާއި ލަކްޝް ލަލްވާނީ ވެސް ހިމެނެ އެވެ.

މަދުވާނީއާ އެކު ޓައިގާ މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ތައްޔާރީތައްވަމުން އަންނަ އިރު، މަދުވާނީ އަކީ ކުރިން ވަރަށް ކާމިޔާބު ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އެއީ ސޯނަމް ކަޕޫރާ އެކު 2016 ގައި ގެނެސްދިން ބައޮގްރަފިކަލް ތުރިލާ 'ނީރްޖާ' އެވެ.

މަދުވާނީގެ އެންމެ ފަހުގެ ފިލްމަކީ ކާތިކް އާރިއަނާ އެކު 2021 ގައި ގެނެސްދިން 'ދަމާކާ' އެވެ.