Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މަންދޫބަކަށްވުމުގެ ފުރުސަތު އިތުރުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) ދިން މުއްދަތު އިތުރުކޮށްފި އެވެ.

މަންދޫބުންނަށް ވާން މިދިޔަ އާދީއްތަ ދުވަހު ހުޅުވައިލި އިރު، ސުންގަޑިއަކަށް ދީފައި އޮތީ މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށެވެ. ނަމަވެސް އެ ސުންގަޑި މިހާރު ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް އިތުރުކޮށްފަ އެވެ.

މި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމެވެ. މަންދޫބުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި 18 ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމާއި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުމުގެ އިތުރަށް އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.

އީސީން ބުނީ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލައަށެވެ.