Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ނުފުރި ތިބި ޓޫރިސްޓުންގެ ވިސާ އިތުރުކޮށް ދީފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި އަނބުރާ ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުންގެ ވިސާގެ މުއްދަތު އިތުރުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ މިދިޔަ މަހުގެ 28 ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ޓޫރިސްޓުންގެ ނިޒާމަށް ބުރުއަރާ ރާއްޖެއަށް ދަތުރުކުރާ ބައެއް ފްލައިތްތައް ކެންސަލްވެފައިވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި މި ވަގުތު ތިބި ބައެއް ޓޫރިސްޓުންނަށް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުން އެ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

ރާއްޖެއިން ނުފުރި ތިބި ޓޫރިސްޓުންގެ ހާލު ބަލައި ޓޫރިސްޓުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމުގެ ސަރުކާރުގެ ކަމާބެހޭ އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މެދުއިރުމަތީގެ ވައިގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާއި ގުޅިގެން، ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއާލައިންތަކަށް ޚާއްސަ ސާވިސް ކައުންޓަރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި ވެސް ޤާއިމްކޮށްފައެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާގުޅިގެން 28 ފެބުރުވަރީގައި ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވެ އެވެ. އަދި އިއްޔެ 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިވެފައިވެ އެވެ.