Last Updated: June 5, 18:06
Friday, June 5, 2026
މުނިފޫހިފިލުވުން

ޓޮމް ހޮލަންޑާއި ޒެންޑާޔާ ކައިވެނިކޮށްފި؟

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ހޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ޓޮމް ހޮލަންޑާއި ޒެންޑާޔާ ކައިވެނިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިކަމުގެ އިޝާރާތެއް އިއްޔެ ބޭއްވި މި އަހަރުގެ އެކްޓާސް އެވޯޑްސްގައި ޒެންޑާޔާގެ ސްޓައިލިސްޓް ލޯ ރޯޗް ވެސް ދީފައިވެ އެވެ.

ޓޮމް އާއި ޒެންޑާޔާ ކައިވެނިކޮށްފައިވާކަމުގެ ވާހަކަތަކެއް ހޫނުކޮށް މިހާރު ދެކެވެމުން ދިޔަ ނަމަވެސް ސީދާ ދެ ތަރިންގެ ފަރާތުން މިކަން މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ނަމަވެސް އެ މީހުން ކުރިން އެންގޭޖްވެފައިވެ އެވެ. ޓޮމް، 29، އާއި ޒެންޑާޔާ، 29، ކައިވެނި ކުރަން އުޅޭ ވާހަކަ 2022 އިން ފެށިގެން އަންނަނީ ދެކެވެމުންނެވެ.

ސްޕައިޑަމޭންގެ ފިލްމުތަކުގައި ވެސް އެކީގައި މަސައްކަތްކޮށްފައިވާ ދެ ތަރިންގެ ފިލްމެއް މި އަހަރު ވެސް އަންނަން އެބައޮތެވެ. އެއީ ޖުލައި 17 އަށް ތާވަލުކޮށްފައިވާ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފެންޓަސީ އެކްޝަން ފިލްމު ދި އޮޑިސީ އެވެ.