ޗާގޯސް މައްސަލައިގައި ރާއްޖެ އިން ވަކާލާތު ކުރަމުން އަންނަނިކޮށް، މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް މޮޔަކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ގައުމުގެ އެ ނިންމުމަކީ ވަރަށް ތަސައްރަފު ވެސް ނުފުދޭ ނިންމުމެއް ކަމަށެވެ. އަދި މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑައިލީ އެއްވެސް މަޝްވަރާއެއް ވެސް ނެތި އެ ގައުމު އަމިއްލަ އަމިއްލަ އަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މޮރިޝަސް އިން އިންގިރޭސީންނާ ހަވާލުކުރި ޗާގޯސް ހިމެނޭ ކަނޑުގެ ސަރަހައްދުގެ ހައްގުކަން ބޮޑު ރާއްޖެ އަަށް ކަމަށާއި މޮރިޝަސްގެ ނިންމުމަކުން އެ ހަގީީގަތް ބަދަލު ނުވާނެ ކަމަށެވެ.
"މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ވަރަށް އިމެޗުއާ، ނައީވް ކަމެއް. އެ ނިންމުން އެހެން ނިންމުމަކުން ހަގީގަތް ބަދަލެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ. "ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް މޮރިޝަސްއަށް ހައްގެއް ނުވާނެ،."
ރައީސް ވިދާޅުވީ މިކަމުން ރާއްޖެ އަށް ކުރާނެ ވަކި އަސަރެއް ނެތް ކަމަށާއި ގައުމު ދާނީ މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން ކުރިއަށް ކަމަށެވެ.
ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލަން މޮރިޝަސްގެ ކެބިނެޓުން ނިންމީ މިދިޔަ މަހުގެ 27 ގަ އެވެ. އެ ގައުމުން ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖެނުއަރީ 15، 1981 ގަ އެވެ.