މެދުއިރުމަތީގައި ހަމަނުޖެހުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ޢުމްރާގެ އަޅުކަމަށްދާ މީހުންނާ ގުޅަން ހާއްސަ ހޮޓްލައިނެއް އިސްލާމިކް މިނިސްޓްރީން ތައާރަފުކޮށްފި އެވެ.
އެތަނުން ބުނީ މިއީ އުމްރާ އަށް ދާ މީހުންނާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު މައްކާގައި ތިބި މީހުން އެފަރާތްތަކަށް ދިމާވާ ޚާއްސަ ހާލަތްތަކާ ގުޅިގެން މަޢުލޫމާތު ޙިއްސާކުރުމާއި މަޢުލޫމަތު ހޯދުމަށް، ޚާއްސަކުރި ހޮޓްލައިނެއް ކަމަށެވެ.
މިކަމަށް ގާއިމްކޮށްފައިވާ ހޮޓްލައިން ނަމްބަރަކީ:
ހޮޓްލައިން ނަންބަރު: 3007070
ރާއްޖެއިން ބޭރުން ގުޅާ ނަމަ: +(960)3007070
އަދި ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477)) އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329)) އަށް ވީ އެންމެ އަވަހަކަށް އެންގެމަށް މިނިސްޓްރީން އެދެ އެވެ.
މިނިސްޓްރީން ބުނީ މައްކާގައި ތިބި ޢުމްރާވެރީންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.