Last Updated: July 23, 18:20
Thursday, July 23, 2026
ރިޕޯޓް

ރޯދައަށް ހުއްޓާ މަރުވެއްޖެ ނަމަ ސުވަރުގެ ވަންނާނެ!

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: ” އެމީހަކު ރޯދައަށް ހުރި ދުވަހެއްގައި އޭނާގެ ނިމުންވެއްޖެ މީހާ ސުވަރުގެ ވަންނަހުއްޓެވެ.“ (رواه أحمد والبزار وصححه الألباني)

مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ عَزَّ وَجَلَّ زَحْزَحَ اللَّهُ وَجْهَهُ عَنْ النَّارِ بِذَلِكَ الْيَوْمِ سَبْعِينَ خَرِيفًا

”ﷲގެ ވަޖްހުފުޅަށްޓަކައި ރޯދައެއް ހިފައިފިމީހާ ދަންނައެވެ. އޭނާގެ މޫނު ނަރަކައާ ހަތްދިހަ އަހަރުގެ ރާސްތާއަށް މާތްﷲ ދުރުކޮށްދެއްވަވާނެއެވެ.“رواه أحمد, البخاري, مسلم, الترمذي وابن ماجه

مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

”އީމާންވެ ހުރެ، ގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދޭ ޙާލު، ރަމަޟާންމަހުގެ ރޯދަހިފައިފި މީހާ، ދަންނައެވެ. އޭނާގެ އިސްވެދިޔަހާ ކުދިފާފައެއް ފޮހެވިގެންދާނެއެވެ.“ رواه البخاري, مسلم

ނޯޓް: މިއީ ޝައިހް މުހައްމަދުގެ ލިޔުއްވުމެކެވެ.