Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ހަނީ ގާލިކް ޗިކެން

* ބޭނުންވާ ތަކެތި:

500 ގްރާމް ބޯންލެސް ޗިކެން
1/4 ޖޯޑު ފުށް
1/2 3 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރު
4 ލޮނުމެދު (ގާނާފައި)
1/2 1 މޭޒުމަތީ ސަމުސާ އެޕަލް ސިޑާ ވިނިގާ (ނޫނީ ވައިޓް ވިނިގާ)
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1/3 ޖޯޑު މާމުއި
ލޮނު
އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް:

ޗިކަން ބްރެސްޓް މެދުން ދެބައިކޮށްލުމަށް އެ ދެބައިވެސް ތުނި ދެ ފަޅިއަށް ވާގޮތަށް ފަޅާލާށެވެ. ކޮންމެ ފަރާތެއްގައި ލޮނާއި އަސޭމިރުސް އުގުޅާލާށެވެ.

ތަށްޓަކަށް ފުށް އަޅާށެވެ. ކުކުޅުގެ ދެ ފުށުގައި ފުއް އުނގުޅާލާށެވެ. 3. ތަވާ ހޫނު ކުރުމަށް ފަހު ބަޓަރުގެ އެއްބައި އެއަށް އަޅައި މެލްޓްކޮށްލާށެވެ. ދެން، ތަވާއަށް ކުކުޅު އަޅާފައި 2-3 މިނެޓް ވަންދެން ރަން މުށި ކުލަ އަރަންދެން ފްރައިކޮށްލާށެވެ. ފްރައި ކުރާއިރު ކުކުޅުގެ ދެފަރާތް ވެސް އެއްވަރަޢް ފްރައިކުރަން ވާނެ އެވެ.

ހޫނުމިން ކުޑަކޮށް ދަށްކޮށްލާފައި، ކުކުޅުކޮޅު ތަވާގެ އެއްފަރާތް ކޮށްލުމަށްފަހު، ލޮނުމެދު ތަވާއަށް އަޅާލާށެވެ. ލޮނުމެދު މައްޗަށް ބާކީ ހުރި އެއް މޭޒުމަތީ ސަމުސާ ބަޓަރު ވެސް އަޅައި ރަނގަޅަށް ހަލުވާލާށެވެ.

ލޮނުމެދުގެ ވަސް ރަނގަޅަށް ދުވަން ފެށުމުން، ވިނިގާ، ސޯޔާ ސޯސް އަދި މާމުއި އަޅާލައި ހުރިހާ ތަކެތި ރަނގަޅަށް އެއްކޮށްލާށެވެ.
ސޯސްގަނޑު، މިނެޓެއްހާ އިރު ވަންދެން ނުވަތަ ކުޑަކޮށް ބޯވަންދެން ކައްކާށެވެ. ސޯސް ކައްކަމުންދާއިރު ކުކުޅު ދެ ފަރާތަށް ފުށުންޖަހައި ކުކުޅުގައި ރަނގަޅަށް ސޯސް ރަނގަޅަށް އުނގުޅާލާށެވެ.

ދެން އުނދުން ނިއްވާލުމަށް ފަހު ކުކުޅު ތައްޓަކަށް އަޅާފައި ބާކީ ހުރި ސޯސް ކުކުޅު މައްޗަށް އަޅާށެވެ.