Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އިމާރާތަކުން މީހަކު ވެއްޓި ފަރުވާ ދެނީ

ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަ ރެޑްވޭވް މޯލްގެ އިމާރާތުން ވެއްޓި ބިދޭސީއަކަށް ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން 30 އަހަރުގެ މީހާ އިމާރާތުގެ މަތިން ވެއްޓިޮ ބަނޑަށް ދަގަނޑެއް ވެސް ހެރިފައިވެ އެވެ. ބަނޑަށް ދަގަނޑު ހެރުމުގެ ސަބަބުން، އޭނާގެ ގޮހޮރު ފެޅި ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ މީހާގެ ސާރަޖީއެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށެވެ.