Last Updated: June 7, 18:23
Sunday, June 7, 2026
ދުނިޔެ

ދިގު މުއްދަތަކަށް ހަނގުރާމަ ކުރަން ވެސް ތައްޔާރު: އިރާން

ދިގު މުއްދަތަކަށް ހަނގުރާމަ ކުރަން ވެސް އިރާން އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިރާނުގެ ބައެއް އަސްކަރީ ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަރިޖާނީ ވިދާޅުވީ އެމެރިކާއާ ހިލާފަށް ދިގު މުއްދަތަކަށް ހަނގުރާމަކުރަން ވެސް އިރާން އޮތީ ތައްޔާރަށް ކަމަށާއި ކޮންމެ އަގެއް ދައްކަން ޖެހުނު ނަމަވެސް އިރާނުން އަމިއްލަ ގައުމު ދިފާއުކުރާނެ ކަމަށެވެ.

އެމެރިކާއާ އިޒްރޭލުން ހުއްޓުމެއް ނެތި އިރާނަށް ހަމަލާތައް ދެމުންދާއިރު، އެ ދެ ގައުމުން ބޭނުން ވަނީ އަސްކަރީ ގޮތުން އިރާން ބަލިކަށިކޮށްލުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.