Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

އައިމިނަތް ޝައުނާ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝައުނާ ވިދާޅުވީ އިއްޔެ ހެނދުނު އޭސީސީއަށް ހާޒިރުކޮށްފައިވަނީ އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ކަމަށެވެ. އެއީ ކޮން ނިންމުމެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ޝައުނާ ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ހައިސިއްޔަތުން ކުރި ހުރިހާ މަސައްކަތްތަކަކީ ވެސް ގާނޫނުއަސާސީއާއި، ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ގާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީ ސަރުކާރުގައި ޝައުނާ ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ.