ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަން "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް އަށް ބަދަލުކޮށްފި އެވެ.
އެ ކުންފުންޏަކީ ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހަދައި، އިގްތިސާދު ކުރިއެރުވުމަށް މިދިޔަ އަހަރު އަހަރު އުފެއްދި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.
ކުންފުނީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ފައިނޭންސާއި، ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމް އަދި ބޭންކިން ފަދަ މާލީ ޚިދުމަތްތައް ރާއްޖޭގައި ތަރައްގީކޮށް ތަންފީޒު ކުރުމެވެ.
ކުންފުނީގެ ނަން ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ގެ ނަމަށް ބަދަލުކުރަންން ނިންމީ، ކުންފުނީގެ ނަމާއި ކުންފުނީގެ މަގުސަދުތަކަށް ބަދަލު ގެނައުމަށް ކުންފުނީގެ ބޯޑުން ނިންމެވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތަކާއި، ޑިޖިޓަލް ބޭންކިންގގެ ޚިދުމަތްތަކާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމް ހިމެނޭ ގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުން ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން އްޖޭގެ ސަރަހައްދުގެ އިސްތިރާޖީ މަންފާ އެންމެ އެދެވޭ ގޮތެއްގައި ހާސިލުކުރުމާއި، "ތިލަދުންމަތީ އުތުރުބުރީ އިހަވަންދިއްޕޮޅު" ތަރައްޤީ ކުރުމާއި އެ މަޝްރޫޢު ވިލަރެސްކުރުމާއި ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއްނެތި ކުރުމުގެ މަގުސަދު ހާސިލުކޮށް، އެ ލަނޑުދަނޑިތަކަށް ސީދާ ވާސިލުވުމަށް ޚާއްޞަވެފައިވާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ހަރަކާތްތެރިވެ، އެ ތަޞައްވުރާ އެއްގޮތަށް އޮތުމަކީ އިސްތިރާޒީ ގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ކުންފުނީގެ ނަން ބަދަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައިވެ އެވެ.