Last Updated: June 5, 18:06
Friday, June 5, 2026
މުނިފޫހިފިލުވުން

އަބީޝެކްގެ އާ ފިލްމު ސިދާންތަށް

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު އަބީޝެކް ޗޯބޭގެ އާ ފިލްމުގެ ބަތަލަކީ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިއީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ބައްލިއާގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށެވެ. ސިދާންތަކީ އެ ސިޓީ އުފަން އެކްޓަރެކެވެ. ނަމަވެސް ބައްލިއާއާ ބިނާކޮށް ހަދަން ތައްޔާރީތައްވަމުން އަންނަ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.

އަބީޝެކް އަކީ 'އިޝްގިއާ' ގެ ދެ ފިލްމާއި 'އުޅުތާ ޕަންޖާބް' ގެ އިތުރުން 'ސޯންޗިޅާ' ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ އާ ފިލްމު ސިދާންތާ އެކު ހަދަން ނިންމި އިރު، އަރަމުން އަންނަ އުންމީދީ އެކްޓަރަކީ މިހާރު ރަނގަޅު ހުށަހެޅުންތަކެއް ލިބެމުން އަންނަ އެކްޓަރެކެވެ. ސިދާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 20 ގައި ރިލީޒްކުރި 'ދޯ ދީވާނޭ ޝެހެރް މޭ' އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ދިލް ކާ ދަރުވާޒާ ކޯލް ނާ، ޑާލިން' އާއި 'ވީ. ޝަންތަރަމް' ހިމެނެ އެވެ.