Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ރޯދަ މަހު ދުވާލު ކައިގެން އިތުރު މީހަކު ހައްޔަރަށް

ރޯދަ މަހުގެ ދުވާލު ކައިގެން އަނެއްކާ ވެސް މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއްގައި 2024 ގައި ހައްޔަރުކުރި ގ. މާލެހިޔާ 2 13-02 ނައުޝާދު މޫސާ، 32، އެވެ.

އޭނަ ހައްޔަރުކުރީ މާލޭގެ އާންމު ތަނެއްގައި ރޯދަ މަހު ދުވާލު ކެއި މައްސަލައެއްގަ އެވެ.

ނައުޝާދު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.