Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފަޔާ ވޯޑަން ތަމްރީންކޮށްފި

ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންގަނޑު އިތުރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ސްޓެލްކޯއިން ހިންގައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ސްޓެލްކޯއިން 'ފަޔާ ވޯޑަން: ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމް' ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް 30 މީހަކު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ.

ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި ސްޓެލްކޯ ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މިއީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި އެންޑީއެމްއޭ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.