Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ރާއްޖެއާ ކައިރިން އިންޑޮނީޝިއާ އަށް ބިންހެލުމެއް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް ރިކްޓާ މިންގަނޑުން 6.1 ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

މިކަމާ ބެހޭ ގޮތުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ އެ ބިންހެލުން އައިސްފައި ވަނީ، މާލެއާ 2،581 ކިލޯމީޓަރު ދުރުން، އިންޑޮނީޝިއާގެ އުތުރު ސްމާޓްރާ އަށް ކަމަށެވެ. ބިންހެލުން އައީ ހެނދުނު 09:56 އެހާކަށްހާއިރު އެވެ.

މި ބިންހެލުން އައިސްފައި ވަނީ މާލެއާ 2،581 އެއްހާ ކިލޯމިޓަރު ދުރުން ކަމަށްވާތީ އެ ބިންހެލުމާ ގުޅިގެން ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން އިން ބުންޏެވެ.