Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހިތަދޫގައި ޒުމްބާ ރޫމެއް ހަދަނީ

ހިތަދޫ ކޮމިއުނިޓީ ސެންޓަރުގެ ޖިމް.

އައްޑޫ ހިތަދޫ ކޮމިއުނިޓީ ސެންޓަރުގައި ޒުމްބާ ކަސްރަތަށް ހާއްސަ ރޫމެއް ހަދާނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން 8 ވަނަ ދުވަހާ ހަމައަށެވެ.

ރަޖިސްޓްރީވާނީ ބީލަން ހުށަހަޅާ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.

މި ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކޮމިއުނިޓީ ސެންޓަރުގައި އޮންނާނެ އެވެ.