Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ސްކޭމަކާ ގުޅިގެން އަންހެނަކު ހޯދަނީ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ފުލުހުން އަންހެނަކު ހޯދަން ފަށައިފި އެވެ.

ތަހުގީގަށް ފުލުހުން ހޯދަނީ ތ. ހިރިލަންދޫ ނާގިލި، އައިޝަތު ނާޒިރާ، 41، އެވެ

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ނާޒިރާ، ފުލުހުންގެ ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވާން އަންގާފައިވެ އެވެ.