Last Updated: June 5, 18:06
Friday, June 5, 2026
މުނިފޫހިފިލުވުން

އަހާންގެ ދެވަނަ ފިލްމުގެ ޝޫޓިން މި މަހު ފަށަނީ

މިދިޔަ އަހަރު "ސައްޔާރާ" އިން ބޮލީވުޑަށް ތައާރަފުވި އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ "ފިއާ" ގެ ނަމުގައި އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި އެކްޝަން ތުރިލާގެ ޝޫޓިން މި މަހުގެ 30 ގައި މުމްބާއީގައި ފެށުމަށް ފަހު، އަންނަ މަހުގެ ކުރީކޮޅު ފިލްމުގެ ކާސްޓާއި ކްރޫ އިނގިރިސިލާތަށް މިސްރާބު ޖަހާނެ ކަމަށެވެ.

ދާދި ފަހުން އަލީ ވަނީ އަހާންއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް ފިލްމުގެ ތައްޔާރީތައް ކުރިއަށްދާކަން ހާމަކޮށްފަ އެވެ.

"ފިއާ" ގެ ބަތަލާ އަކީ ޝަރްވާރީ ވާގް އެވެ. އަދި މީގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އާއިޝްވަރީ ތާކްރީ ވެސް ހިމެނެ އެވެ.

ވައިއާރްއެފްގެ "ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން އަލީގެ އެންމެ ފަހުގެ ފިލްމަކީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓްގެ 2024 ގެ "ބަޅޭ މިއާ، ޗޯޓޭ މިއާ" އެވެ.