Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ތިލަމާލެ ބުރިޖްގެ 70 ޕަސެންޓް ނިމިއްޖެ

ތިލަމާލެ ބުރިޖް މަޝްރޫގެ 70 ޕަސެންޓް ނިމިއްޖެ އެވެ.

މި މަޝްރޫއުގެ ދަށުން މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި ތަނބުތައް ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ 1،222 ސެގްމަންޓްގެ ތެރެއިން މިހާތަނަށް 80 ޕަސެންޓް ސެގްމަންޓް ކާސްޓްކޮށް ނިންމާފައިވާ އިރު، ބްރިޖްގެ ތަނބުތައް ގުޅާލުމުގެ މަސައްކަތުގެ 46 ޕަސެންޓް ސެގްމަންޓް އިންސްޓޯލްކޮށް ވަނީ ނިމިފަ އެވެ.

ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މި ކަނެކްޓިވިޓީއަކީ 6.7 ކިލޯމީޓަރުގެ ދިގު މަގެކެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅިގެން ދާނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ތިލަމާލެ ބްރިޖް އެއްކޮޑް ނިމޭނީ އަންނަ އަހަރުގެ ނިޔަލަށެވެ.

މިއީ 500 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ސަރުކާރުން ވެސް މި މަޝްރޫޢަށް ޚަރަދުކުރެ އެވެ.