Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އޮޅުހިޔާގައި މިހާރު 350 ބުޅާ

ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާގައި މިހާރު 350 ބުޅާ އެބައޮތް ކަމަށް ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ އޮޅުހިޔާގައި ވެޓް ކްލިނިކްގެ މަސައްކަތް ފަށައި އެތަނަށް ގެންދެވޭ ބުޅާ ނިއުޓާ ކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 60 ބުޅާ ނިޔުޓާ ކުރެވިފައިވާއިރު، ފަސް އަންހެން ބުޅާ ސްޕޭ ކުރެވިފައިވ ކަމަޘށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ ހަފްތާގައި އިތުރު ބުޅާތައް ގެންދިޔުމަށް ވަނީ ޕްލޭން ކުރެވިފައި. މާރިއާ ވިދާޅުވި އެވެ.

އޮޅު ހިޔާ ފެސިލިޓީ އަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހެދި ފެސިލިޓީއެކެވެ. އަދި އެތަން ހުޅުވީ 2024 ގަ އެވެ. އޮޅު ހިޔާ އަށް ބުޅާތައް ގެންދަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.

އޮޅުހިޔާގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަޙައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ފާމަސީއެއް ގާއިމްކޮށްފައިވެ އެވެ.

މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެ ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368ރ. ރުފިޔާ ޚަރަދުވާނެ އެވެ. އެއީ އަހަރަކަށް ބަލާ ނަމަ ބުޅަލަކަށް 5،416ރ. އެވެ. ރުފިޔާ ޚަރަދުވާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

އޮޅުހިޔާ އަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް ވެސް މިނިސްޓަރު ކުރިން ވިދާޅުވެފައިވެ އެވެ.