Last Updated: June 5, 18:06
Friday, June 5, 2026
މުނިފޫހިފިލުވުން

ޑިމްޕަލްގެ ވަރަށް މުސްކުޅި ރޯލެއް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާ ވަރަށް ދުވަސްވީ މީހެއްހެ ރޯލު ކުޅެފައި ވާ ފިލްމު 'ޖަބް ކުލީ ކިތާބު' ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 6 ގައި ޒީ5 އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ތަޖުރިބާކާރު އެކްޓަރު ސޯރަބް ޝުކްލާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފެމިލީ ޑްރާމާއެކެވެ.

އާއިލާއެއްގެ ތެރޭގައި ދިމާވާ ހާދިސާތަކަކާ އެކު ސިއްރުތަކެއް ތިލަވެ، މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ 'ޖަބް ކުލީ ކިތާބު' ގެ ކާސްޓްގައި ޝާހިދު ކަޕޫރްގެ ބައްޕަ ޕަންޖަކް ކަޕޫރާއި އެކްޓަރު އަޔޫޝްމަން ކުރާނާގެ ކޮއްކޮ އަޕަރްޝަކްތީ ކުރާނާގެ އިތުރުން ކުރީގެ ބަތަލާ ނީލަމްގެ ފިރިމީހާ ސަމީރު ސޯނީ އަދި ނައުހީދު ސައިރޫސީ ވެސް ހިމެނެ އެވެ.

މި ފިލްމަށް އެއްބަސްވުމާ ބެހޭ ގޮތުން ޑިމްޕަލް ބުނީ އޭނަ ފިލްމަށް އެެއްބަސްވި މައިގަނޑު ސަބަބަކީ އުންމީދުކުރި ގިނަ ކަންތަައްތަކެއްގައި ހެޔޮ ފާހަގަލާން ފުރުސަތު ލިބުމުން ކަމަށެވެ. އެގޮތުން ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ ވަރަށް ޝައުގުވެރިވެފައި ކުޅެން ލިބުނު ކެރެކްޓާ ވެސް ވަރަށް ފުރިހަމަވެގައި ޕަންޖަކާއި ސޯރަބާ އެކީ މަސައްކަތްކޮށްލަން ލިބުނު ފުރުސަރުގެ ބޭނުން ދޫކޮށްލަން ބޭނުން ނުވީ ކަމަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ 68 އަހަރުގެ ބަތަލާ ބުންޏެވެ.

ޑިމްޕަލް އަކީ އުމުރުން 16 އަހަރުގައި 1973 ހިޓް ފިލްމު 'ބޮބީ' އިން ތައާރަފުވި ބަތަލާއެކެވެ. ކުރީގެ ސުޕަސްޓާރު ރާޖޭޝް ކަންނާގެ އަންހެނުން އަކީ ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ މަންމަ އެވެ. ޓްވިންކަލް އަކީ އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުންނެވެ.

ޑިމްޕަލް އެންމެ ފަހުން ފެނިފައި ވަނީ 2024 ގައި ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު 'މާޑާ މުބާރަކް' އިންނެވެ.