Last Updated: June 28, 04:10
Sunday, June 28, 2026
ޚަބަރު

އިންނަމާދޫގައި ޓިވެޓް ސެންޓަރެއް ހަދަން ހަވާލުކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ރ. އިންނަމާދޫގައި އިމާރަތްކުރަން ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރައިނިން (ޓިވެޓް) ސެންޓަރުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިންނަމާދޫގައި ޓިވެޓް ސެންޓަރު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ސެންޓަރލައިން ކިޔާ ކުންފުންޏަކާ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސެންޓަރު ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ ސަގާފީ އަދި އިގްތިސާދީ ގޮތުން މުހިންމު ދާއިރާއެއް ކަމަށްވާ ބޯޓް-ބިލްޑިން ނުވަތަ ދޯނިފަހަރު ބަނުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ކަަމަށެވެ.

މަސައްކަތުގެ ދުވެލި އަވަސްކުރުމުގެ ގޮތުން މި އިމާރާތް ތައްޔާރުކުރާނީ ޕްރީ-ފެބް އުސޫލުންނެވެ. މި އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންވާނެ އެންމެހާ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން މިއަދު ވަނީ ހުޅުދުއްފާރުގައި އެކޮމަޑޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ވެސް ހަވާލުކޮށްފަ އެވެ.