Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ހޮންޑާ ސްޕެއާ ޕާޓްސްގެ ކްލިއަރެންސް ސޭލެއް ފަށައިފި

ހޮންޑާ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޝީޝާއިން ހޮންޑާ ސްޕެއާ ޕާޓްސްގެ ކްލިއަރެންސް ސޭލެއް ފަށައިފި އެވެ.

ކުރީގެ މޮޑެލްތަކުގެ ސައިކަލުތަކަށް ހާއްސަކޮށް ފެށި މި ހާއްސަ ސޭލްގެ ދަށުން ހޮންޑާ ޒޫމާ، ފެންޓޮމް އަދި ޑްރީމް 110 ގެ ސްޕެއާ ޕާޓްސް ތަކުން %85 އާއި %100 ދެމެދުގެ ޑިސްކައުންޓެއް ލިބިގެން ދާނެއެވެ.

ޝީޝާ އިން ބުނީ، މި ސޭލްގެ ދަށުން ގަންނަ ޕާޓްސް އިންސްޓޯލް ކުރުމަށް ހޮންޑާ ސާވިސް ސެންޓަރުން %50 ސާވިސް ޗާޖް ޑިސްކައުންޓު ލިބިގެން ދާނެ ކަަމަށެވެ. އަދި ކްލިއަރެންސް ސޭލްގެ ދަށުން ގަންނަ ސްޕެއާ ޕާޓްސްތައް ބޯޓަށް ހިލޭ ޑެލިވަރީކޮށްދޭނެ ކަމަށްވެސް ޝީޝާއިން ބުނެފައި ވެއެވެ.

މި ސޭލްގައި ހޮންޑާ ޒޫމާ، ޑްރީމް އަދި ފެންޓޮމްގެ ސްޕެއާ ޕާޓްސް ލިބެން ހުންނާނެ ކަމަށް ޝީޝާ އިން މައުލޫމާތުދެ އެވެ.

ޝީޝާއަކީ ރާއްޖޭގެ ހޮންޑާގެ އޮތޮރައިޒްޑް ޑީލަރަށްވާއިރު، މި ހުރިހާ ސްޕެއާ ޕާޓްސްއަކީ އޮތެންޓިކް ހޮންޑާގެ ސްޕެއާ ޕާޓްސްކަން ޔަގީންވާނެއެވެ. އަދި ސްޕެއާ ޕާޓްސް ހުސްވަންދެން މި ކްލިއަރެންސް ކުރިއަށްދާނެކަންވެސް ފާހަަގަކޮށްލަން ޖެހެއެވެ.

މި ސޭލް ކުރިއަށްދާނީ މާލޭގެ ކާސިންޖީ މަގުގައި ހުންނަ ހޮންޑާ ޕާޓްސް ސެންޓަރުގައެވެ.

މި ރޯދަ މަހު ހޮންޑާ ޕާޓްސް ސެންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 މެންދުރުފަހު 15:00 އަށެވެ.