Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ނަމާދުގެ ސަފަށް ގޮވުމުގެ ބައެއް ޢިބާރާތްތައް

1. سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَـمَـامِِ الصَّلاَةِ
ތިޔަބައިމީހުން ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާށެވެ. ފަހެ ހަމަކަށަވަރުން ސަފު ސީދާކުރުމަކީ ނަމާދު ފުރިހަމަވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
2. ((سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ إِقَامَةِ الصَّلَاةِ))
ތިޔަބައިމީހުން ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާށެވެ. ފަހެ ހަމަކަށަވަރުން ސަފު ސީދާކުރުމަކީ ނަމާދު ޤާއިމުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
3. ((أَقِيمُوا صُفُوفَكُمْ))
ތިޔަބައިމީހުން ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާށެވެ.
4. ((أَقِيْمُوا الصُّفُوفَ))
ތިޔަބައިމީހުން ސަފުތައް ސީދާކުރާށެވެ.
5. ((أَتِـمُّـوا الصُّفُوفَ))
ތިޔަބައިމީހުން ސަފުތައް ފުރިހަމަކުރާށެވެ.
6. ((اِسْتَوُوا))
ތިޔަބައިމީހުން (ސަފުތަކުގައި) ސީދާވެ ތިބޭށެވެ.
7. ((تَرَاصُّوا))
ތިޔަބައިމީހުން ކައިރިކައިރީގައި (ގާތްވެގެން) ތިބޭށެވެ.
8. ((سُدُّوا الْـخَلَلَ))
ތިޔަބައިމީހުން ސަފުތަކުގެ ދެމެދުގައި ހުރި ހުސްތަންތަން ފުރާށެވެ.
9. ((اِسْتَوُوا وَلَا تَـخْتَلِفُوا فَتَخْتَلِفَ قُلُوبُكُمْ))
ތިޔަބައިމީހުން ސީދާވެ ތިބޭށެވެ. އަދި ސަފުތަކުގައި ތަފާތުތައް ނުބަހައްޓާށެވެ. އެހެންވެއްޖެނަމަ ތިޔަބައިމީހުންގެ ހިތްތަކުގައި ޚިލާފު އުފެދިދާނެއެވެ.
10. ((رُصُّوا صُفُوفَكُمْ وَقَارِبُوا بَيْنَهَا وَحَاذُوا بِالْأَعْنَاقِ))
ތިޔަބައިމީހުން ތިޔަބައިމީހުންގެ ސަފުތައް ގާތްކުރާށެވެ. އަދި ތިޔަބައިމީހުން އެއް ސަފު އަނެއް ސަފާ ކައިރިކުރާށެވެ. އަދި ތިޔަބައިމީހުން ކަރުތައް އެއްވަރުކުރާށެވެ.
11. ((حَاذُوا بَيْنَ الـْمَنَاكِبِ، لَا تَذَرُوا فُرُجَاتٍ لِلشَّيْطَانِ))
ތިޔަބައިމީހުން ކޮނޑާއި ކޮނޑު ޖައްސައި ހަމަހަމަކުރާށެވެ. އަދި ޝައިތާނާ ވަނުމަށް ތިޔަބައިމީހުން ސަފުތަކުގެ ދެމެދުގައި ހުސްތަންތަން ނުބާއްވާށެވެ.
12. ((لَتُسَوُّنَّ صُفُوفَكُمْ، أَوْ لَيُخَالِفَنَّ اللهُ بَيْنَ وُجُوهِكُمْ))
ތިޔަބައިމީހުންގެ ސަފުތައް ތިޔަބައިމީހުން ކޮންމެހެންވެސް ސީދާކުރާށެވެ! ނޫންނަމަ، ﷲ ތިޔަބައިމީހުންގެ މޫނުތަކުގެ މެދުގައި ބައިބައިވުމާއި އިޚްތިލާފު އުފައްދަވައިފާނެ އެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.