Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ފަލޫދާ

* ބޭނުންވާ ތަކެތި:

1/2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ޖެލީ (ބޭނުން ކުލައެއް)
3 މޭޒުމަތީ ސަމްސާ ފޯކޮށްފައި ހުރި އިސްޕަގުލު
4 މޭޒުމަތީ ސަމްސާ ގެރިކިރު
1 ސްކޫޕް ވެނީލާ އައިސްކްރީމް
ރޯސްސިރަޕް (ފިޔާތޮށި ކުލަ ހިފާ ވަރަށް)
1 ބިއްލޫރި ތަށި އައިސްފެން

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ކިރާއި ފެން އަދި ރޯސް ސިރަޕް މިކްސަރަށް އަޅާފައި ގިރާލާނީއެވެ. އެއަށް ފަހު ތައްޓަކަށް އަޅާފައި އިސްޕބަގުލުކޮޅު އެއްކޮށްލާނީ އެވެ. ދެން އައިސްކްރީމާއި ޖެލީކޮޅި އަަޅާލުމުން އެހުރީ ބޯލަން މީރު ފަލޫދާ ތައްޔާރު ކުރެވިފަ އެވެ.