މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީަސީ) ގެ ލޯގޯ ބޭނުން ކުރަން ފަށައިފި އެވެ.
އާ ކޮމިޝަނުގެ ލޯގޯ ބޭނުން ކުރަން ފެށޯ މިއަދުން ފެށިގެންނެވެ.
މި ލޯގޯ ޑިޒައިންކޮށްފައި ވަނީ ކޮމިޝަންގެ މަގުސަދުތަކާ އެއްގޮތަށް ކަމަށް އެމްއެމްބީސީން ބުންޏެވެ. އެގޮތުން ލޯގޯ ހަތަރު ބަޔަކަށް ބަހާފައިވެ އެވެ. ލޯގޯއިން ރަމްޒުކޮށްދޭ ކޮމާކޯޅި ދައްކުވައިދެނީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށާއި، ބްރޯޑްކާސްޓިން ވޭވްސް ދައްކުވައި ދެނީ، މައުލޫމާތު ފެތުރިގެންދާ ހަލުވިމިނެވެ. އަދި ލޯގޯ ހަތަރު ބައެއް ރަމްޒުކޮށްދޭ އިރު މިކަމުން މީޑިއާ އަކީ ހަތަރުވަނަ ބާރުކަން ދައްކުވައިދޭ ކަމަށް ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން ކޮމިޝަނުގެ ލޯގޯއިން ރަމްޒުކޮށްދޭ ތާނައިގެ ތިން އަކުރު، "މ"، "ބ" އަދި "ކ" ދައްކުވައި ދެނީ، ދިވެހި ބަހާއި ސަޤާފަތަށް ދޭ އަހަމިއްޔަތުކަން ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އެމްއެމްބީސީ އަކީ ކުރީގެ ބްރޯޑްކޮމާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލައި މި ސަރުކާރުން އުފެއްދި ކޮމިޝަނެކެވެ.
މީޑިއާ ކޮމިޝަންގައި 7 މެންބަރުން ތިބެ އެވެ. އެއީ ރައީސް މުހައްމަދު ފަރުސަތާއި ނައިބު ރައީސް ޒަމްއަތު އަހުމަދު ވަހީދާއި މެންބަރުން ކަމަޑްވާ ސަފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތާއި އަބްދުލްއަޒީޒް އިބްރާހީމާއި ސިމާހާ ނަސީމްގެ އިތުރުން ހުސައިން ސަގީފެވެ.
ކޮމިޝަންގެ ރައީސަކީ ފަރުސަތެވެ. އަދި ނައިބަކީ ޒަމްއަތެވެ.