Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ހުޅުދޫން ބަޔަކު ޕީއެންސީއާ ގުޅިއްޖެ

އައްޑޫ ސިޓީ ހުޅުދޫން ބަޔަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިއްޖެ އެވެ.

ހުޅުދޫން ޕީއެންސީއާ ގުޅުނު ފަރާތްތަކުގެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޕީއެންސީއާ ގުޅުނު ބޭފުޅުންގެ ތެރޭގައި ކާމިޔާބު ވޮލީ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ) ވެސް ހިމެނެ އެވެ.

ޕީއެންސީ އަކީ މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް ޕީއެންސީގައި 74،048 މެމްބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކަ އެވެ.

ފާހަގަކުރެވޭ ގޮތުގައި ވެރިކަމާ ހަވާލުވިއިރު، ޕީއެންސީގައި އޭރު ތިބީ 3،000 އެއްހާ މެންބަރުންނެވެ.