އެލިއާ އިން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
އެ ކުންފުނިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ތިން ސައިކަލާއި ރެސްކިޔު ޓޫލްސް އެވެ.
ތަކެތި އެމްއެންޑީއެފާ ހަވާލު ކުރަން އިއްޔެ ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި، އެލިއާގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު ޢަލީއެ ވެ. އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީއެ ވެ.
މި ތަކެއްޗަކީ، އެފްއާރުއެސްއިން ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް "އެލިއާ"ގެ ފަރާތުން ހަދިޔާކުރި ތަކެއްޗެވެ.
މީގެ ކުރިން ވެސް އެލިއާ އާއި އަމިއްލަ ބައެއް ކުންފުނިތަކުން އެމްއެންޑީއެފަށް ތަކެތި ހަދިޔާކޮށްފައިވެ އެވެ.