Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ގައްބެ އައްޑޫން ފުރައިފި! މިސްރާބް ގދ. ފިޔޯރީއަށް!

ރިޔަލު ކަނދެއްގައި ރާއްޖެ ވަށައިގެން ބުރެއް ޖެހުމެއް ދަތުރު ފަށާފައިވާ އަބްދުލް އަފޫރު އަލީ (ގައްބެ) އައްޑޫއިން މިއަދު ހެނދުނު ފުރައިފިއެވެ.

މިއަދު ހެނދުނު 9 ޖެހި އިރު ގައްބެ، ހިތަދޫން ފުރި އިރު ދަތުރުގެ ދެން އޮތް މަންޒިލަކީ ގދ. ފިޔޯރީ ކަމަށް އެޓޯލް ސެއިލާސްއިން ވަނީ ބުނެފައެވެ.

މިމަހުގެ 9 ވަނަ ދުވަހު ހަވީރު ގައްބެ އައްޑޫއަށް ޒިޔާރަތްކުރުމުން ގިނަ ބަޔަކު އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ގައްބެ އައްޑޫގައި އިއްޔެ މަޑު ކުރުމަށްފަހު ހިތަދޫގެ ކޯއްޓޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދާއި، ބައެއް އާސާރީ ތަންތަނަށް ގޮސް އެތަން ތަނުގެ ޑޮކިއުމެންޓްރީ ވަނީ ހަދާފައެވެ.

އަދި އިއްޔެ ހަވީރު ހުޅުމީދޫއަށް ޒިޔާރަތްކޮށް މީދޫ ގަބްރުސްތާނާއި ބެހޭ މައުލޫމާތު ވަނީ އޮޅުން ފިލުވާފައެވެ.

ގައްބެ އައްޑޫއަށް ކުރި ދަތުރުގެ އެންމެހާ އިންތިޒާމްތައް ހަމަޖައްސާދީފައިވަނީ "ޑިސްކަވާ އައްޑޫ"ގެ ފަރާތުންނެވެ. އެހެންވެ އެޓޮލް ސެއިލާގެ ފަރާތުން ވަނީ ޑިސްކަވާ އައްޑޫ އަށާއި އައްޑޫގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.