Last Updated: June 5, 18:06
Friday, June 5, 2026
ދުނިޔެ

މަރާލި އިރާންގެ ދަރިވަރުންގެ ޖަނާޒާ ބާއްވައިފި

އިރާނަށް އިޒްރޭލުން ފޭން ފެށި ހަމަލާތަކުގައި މިދިޔަ ހޮނިހިރު ދުވަހު ސްކޫލަކަށް ދިން ހަމަލާގައި މަރުވި ދަރިވަރުންގެ ޖަނާޒާ ބާއްވައިފި އެވެ.

އިއްޔެ ހަވީރު ބޭއްވި އެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވި އެވެ.

އިޒްރޭލުން ސްކޫލަށް ދިން ހަމަލާގައި ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 168 މީހަކު މަރުވެފައިވެ އެވެ. ދެ މިސައިލަކުން ހަމަލާ ދިން އެ ސްކޫލަކީ މިނާބްގައި ހުންނަ އިރާންގެ އިސްލާމިކް އިންގިލާބީ މައިދާން ސަރަހައްދުގައި ހުންނަ އަންހެން ކުދިންނަށް ހާއްސަ ތައިބާ ޓްރީ ގާލްސް އިލެމެންޓްރީ ސްކޫލެވެ.

ސްކޫލަށް ދިން ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި އިރު، ހަމަލާގައި ޒަހަހަމްވި މީހުންގެ އަދަދު 100 އާ ގާތްކުރެ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ އެކު މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އިރާނުން ރައްދު ހަމަލާތައް ދެމުން އަންނަ އިރު، މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް އަމާޒުކޮށް ވެސް އިރާނުން އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް މިހާތަނަށް އިރާނުން 787 މީހުން މަރުވެފައިވާ ކަމަށް އިރާނުގެ ރެޑް ކްރެސެންޓުން ބުނެފައިވެ އެވެ. އޭގެތެ ރޭގައި އިރާނުގެ ސިފައިންގެ 13 މީހަކު ވެސް ހިމެނެ އެވެ.

އިޒްރޭލުން ވަނީ އެންމެ ފުރަތަމަ ހަމަލާތަކުގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއި ވެސް އަވަހާރަކޮށްލައިފަ އެވެ.