Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

އއ. އަތޮޅު ފުލުހުންނަށް އޮސްޓް ރިފްރެޝާ ޕްރޮގްރާމެއް

އއ. އަތޮޅު ފުލުހުންނަށް އޮސްޓް ރިފްރެޝާ ޕްރޮގްރާމް ހިންގައިފި އެވެ.

މިދިޔަ މަހުގެ 25 އިން މި މަހުގެ 1 އަށް އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ރަސްދޫގަ އެވެ.

މި ޕްރޮގްރާމަކީ އެޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. އެގޮތުން ޕްރޮގްރާމްގައި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހަތިޔާރު ބޭނުން ކުރެވޭނެ ގޮތްތަކާއި، އެފަދަ ތަކެތި ބޭނުން ކުރަން ޖެހޭ ހާލަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.

އަދި އެކި ހާދިސާތައް ހިނގުމުން، ސީންތަކަށް ގޮސް އަމަލު ކުރަން ޖެހޭ ގޮތްތަކާއި، އެފަދަ ތަންތަނުގައި އާންމުންނާ މުއާމަލާތު ކުރާނެ ރަނގަޅު ގޮތްތަކުގެ ތަމްރީނުތައް ވެސް ޕްރޮގްރާމްގެ ތެރެއިން ދީފައިވެ އެވެ.