ހުޅުމާލޭގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ކުރިއަށް ގެންދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހަދާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެވެ.
އިއްޔެ އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ޗެއާޕާސަން، އިމާން މުހައްމަދެވެ.
އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ސޮސައިޓީގެ ފަރާތު ންއެޗްޑީސީއާ ގުޅިގެން، ހުޅުމާލޭ ދެ ފޭހުގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބޭނުމަކީ ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމާއެކު، ތެލެސީމިއާ އާ ގުޅިގެން ރާއްޖޭގައި ލޭއަޅާ ކުދިން އުފަންވާ ނިސްބަތް މަދުކުރުން ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގަ އިވެސް، މުޖްތަމައު އަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުން ކަމަށް އެޗްޑީސީން ބުންޏެވެ.
ރާއްޖޭގައި ލޭ ލިބުން ދަތިވެފައިވާތީ އެ ކުންފުނިން ދާދި ފަހުން ވަނީ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.