Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ފައިސާ ދެއްކި ބަޔަކަށް އުމްރާ އަށް ނުފުރުމުގެ ޝަކުވާތަކެއް

މި ރޯދަ މަހުގެ ފަހު 15 ގައި އުމްރާ އަށް ދާން ފައިސާ ދެއްކި ބަޔަކަށް ސައުދީ އަރަބިއްޔާ އަށް ނުފުރުނުގެ ޝަކުވާތަކެއް ބޮޑުވެއްޖެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުންނަކީ އަލް އަބްރާރު ޓުއާސް އެންޑް ޓްރެވެލްސް ކިޔާ ގުރޫޕަކަށް ފައިސާ ދެއްކި 110 މީހެކެވެ.

އެ ގްރޫޕަށް ފައިސާ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ފުރޭނެ ގޮތެއް ވާނުވާގައި ތިބީ މެދުއިރުމަތީގެ ހާލަތު މިހާރު އޮތް ގޮތުން ކަމަށް ބުނެ އެންމެ ފަހު ގްރޫޕުން ފުރުން ކެންސަލްކޮށްފައިވާތީ އެވެ. މިކަމާ ގުޅިގެން އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ .މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ވެސް ގުޅި ކަމަށާއި ކަންކަން ހަމަޖެހިފައިވާ ނަމަ، އުމްރާ ވެރިން ފުރުވާލުމަށް އެންގެވި ކަމަށާ،އި އަދި އުމްރާ ވެރިން ގޮސް އުޅޭ ހިސާބަށް ނުރައްކަލެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި ކަމަށް އުމްރާއަށް ދާން ފައިސާ ދެއްކި އެ މީހަކު ބުނެފައިވެ އެވެ.

ނަމަވެސް ގުރޫޕުން ރޯދަ މަހު މީހުން އުމްރާއަ ށް ގެންދަން މިނިސްޓްރީގެ ހުއްދަ އަށް ވެސް އެދިފައި ނުވާ ކަމަށާއި މައްކާ އިން ހޮޓެލް ވެސް ބުކްކޮށްފައި ނުވާކަން އެނގިފައިވާ ކަމަށް ބުންޏެވެ.

ފައިސާ ދެއްކި މީހުން ބުނެފައި ވަނީ އެ މީހުންނަށް ރިފަންޑް ދޭނެ ކަމަށް ގުރޫޕުން ބުނި ނަމަވެސް، އެ ދެނީ ޓިކެޓަށް ވާ ބައި ކަނޑާފައި ކަމަށާއި ވިސާ ދިންކަމުގެ ލިޔުން ދިނުމަށް އެދުމުން އެ ވެސް ދީފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އަބްރާރް ގުރޫޕްގެ މެނޭޖިން ޑިރެކްޓަރާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އުމްރާ މީހުން ގެންދިޔުމަށް ހުއްދަ ހޯދަން މިނިސްޓް ރީއަށް މެއިލްކުރި ކަމަށެވެ. ނަމަވެސް، އެ މެއިލް މިނިސްޓްރީއަށް ނުދިޔައީ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ހެޔޮ އެދޭ ފަރާތެއްގެ އެހީއާ އެކު ފައިސާ ދެއްކި މީހުންނަށް ރީފަންޑް ދިނުމުގެ ކަންކަން ވެސް ކުރަމުން އަންނަ ބުނެފައިވެ އެވެ.