Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސްޓޫޑެންޓް ލޯނަށް މުޅި އަހަރު އެޕްލައި ކުރެވޭނެ

ސްޓޫޑެންޓް ލޯން އެޕްލިކޭޝަނަށް ޑެޑްލައިނެއް ނުބާއްވައި މުޅި އަހަރަށް ހުޅުވައިލާ ގޮތަށް ނިންމާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުހައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، މި އަހަތުގެ ލޯނު ސްކީމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ޕޯޓަލް ތައްޔާރު ކުރުމާއި އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސްކީމުގެ ކަންކަން ހަރުދަނާކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވައިލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާތަނަށް ދަރިވަރުން ލޯނު ހޯދަން އެދި ހުށަހަޅަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮތުމުން، އެ މުއްދަތުގައި ލޯނަށް އެދި ހުށަހެޅުން ބައެއް ދަރިވަރުންނަށް ދަތިވޭ. އަދި ލޯނަށް އެދުމުގެ ފުރުޞަތު ގެއްލޭގޮތް ދިމާވެފައިވާކަން ވެސް ފާހަގަކުރެވޭ،" ހައިދަރު ވިދާޅުވި އެވެ. "މި ބަދަލު ގެނައުމުގެ ސަބަބުން އަޅުގަނޑުމެން އުންމީދުކުރަނީ އެހެން ނުވާނެކަމަށް. އަދި، ލޯނަށް އެދި ހުށަހެޅުން ދަރިވަރުންނަށް ވަރަށް ބޮޑުތަން ފަސޭހަވެގެން ވެސް ދާނެ ކަމަށް."

އޭނަ ވިދާޅުވީ، މި ބަދަލާއެކު، ދަރިވަރުން ލޯނު ހޯދަން އެދޭއިރު ހުށަހަޅަންވާ ލިޔުންތައް ވެސް ތަފާތު ވާނެ ކަމަށެވެ.

ހައިދަރު ވިދާޅުވި ގޮތުގައި ވިދާޅުވީ ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ފަހު ސްޓޫޑެންޓް ލޯނަށް ހުޅުވައިލަން ނިންމާފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ލޯނު ލިބުން އަވަސްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.