Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ޑރ. ހަބީބު މި މަހު އޭއީއެޗްގައި ފަރުވާ ދެއްވަނީ

ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބް މި މަހު އައްޑު އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ބަލިމީހުންނަށް ފަރުވާ ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ އެތަނުގައި އޭނަ ފަރުވާ ދެއްވަން ހަމަޖެހިފައި މި މަހުގެ 9-17 އަށް ކަމަށެވެ. އެހެންވެ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.

އިތުރު މައުލޫމާތު އޭއީއެޗްގެ ހޮޓްލައިން 1632 އިން ހޯދޭނެ އެވެ.

އައްޑޫގެ އަމިއްލަ ބައެއް ކްލިނިކްތަކަށް ވެސް ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި ހަބީބު ބަލިމީހުން ބައްލަވަ އެވެ.