Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފުޓްބޯޅަ ކޮމެންޓަރީ ޓްރެއިނިންއަަކަށް ހުޅުވާލައިފި

ފުޓްބޯޅަ ކޮމެންޓަރީ ޓްރެއިނިން ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.

މިއީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭމާ ގުޅިގެން ހިންގަން ނިންމި ޕްރޮގްރާމެކެވެ.

ޓްރެއިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފުޓްބޯޅަ ލޯބިކުރާ މީހުންނާއި އަލަށް ސްކޫލް ނިންމި ޒުވާނުންނާއި ޓީވީ އާއި ރޭޑިއޯ އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ސްޕޯޓްސް ކޮމެންޓަރީ އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.

ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 އާ ހަމަށެވެ. މިއީ މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވައިލި ފުރުސަތެކެވެ. ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ 10 ސެޝަން ހިމެނޭ ގޮތަށް ފަސް ދުވަހުގެ މުއްދަތަށެވެ.

ޕްރޮގްރާމް ފަށަން ނިންމާފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ.