Last Updated: July 23, 18:20
Thursday, July 23, 2026
ރިޕޯޓް

ރޯދަ ރަހަ: ނަޓެއްލާ ރޯލްސް

* ބޭނުންވާ ތަކެތި:

6 ފޮތި ޕާން
3 ބިސް
ނަޓެއްލާ
ހަކުރު (މުގުރާފައި)
ވެނީލާ އެސެންސް
ބަޓަރު
1/4 ޖޯޑު ކިރު

* ތައްޔާރު ކުރާނެ ގޮތް:

ޕާންފޮތިތަކުގެ ކައިރި ނެގުމަށް ފަހު ރޮށިދަމާ އެއްޗެއްގައި ތުނިކޮށް ދަމައިލާށެވެ. އެއަށް ފަހު ޕާންފޮތިތަކުގެ މަތީގައި ނަޓެއްލާ އުނގުޅުމަށްފަހު އޮޅާލާށެވެ. ދެން ބިހާއި ކިރު ހަކުރު އަދި ރަހަ ލާވަރަށް އެސެންސް އެޅުމަށްފަހު ގިރާލާށެވެ. ދެން އޭގެ ތެރެއަށް އޮޅާފައި ހުރި ޕާންކޮޅުތައް ލުމަށްފަހު ފޯކޮށްލާފައި ފިހެލާނީ ނޫނީ ބޭނުން ނަމަ ތެލުލާނީ އެވެ.