Last Updated: June 7, 13:49
Sunday, June 7, 2026
ދުނިޔެ

ލަންކާ ކައިރިއަށް ފެތުނު އިރާނުގެ މަނަވަރަށް ހަމަލާދިނީ އެމެރިކާ

ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް އަޑިއަށް ދިޔަ އިރާނުގެ މަނަވަރަށް ހަމަލާދިނީ އެމެރިކާގެ ސަބްމެރިންއަކުން ކަމަށް ބުނެފި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މިއަދު ވިދާޅުވީ މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޓޯޕެޑޯއަކުން ހަމަލާދިން ފުރަތަމަ ފަހަރު ކަމަށާއި އިރާނުގެ މަނަވަރަށް ހަލާކުކޮށްލާފައިވާ ކަމަށެވެ.

އީރާނުން ގަބޫލުކުރީ ބައިނަލްއަގުވާމީ ކަނޑުގައި އެ ގައުމުގެ މަނަވަރުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވިދާނެ ކަމަށް ކަމަށާއި އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން ކާމިޔާބީތައް ހޯދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ވެސް ހޯދާނެ ކަމަށް ހެގްސެތު ވިދާޅުވި އެވެ.

އީރާންގެ މަނަވަރު ފެތުމުން ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ ފަޅުވެރިން ވަނީ ގެއްލިފަ އެވެ. ސްރީ ލަންކާގެ ކޯސްޓް ގާޑުން ވަނީ 32 މީހުން ސަލާމަތްކޮށްފަ އެވެ. އެ މަނަވަރުގައި 180 ފަޅުވެރިން ތިބި ކަމަށްވެ އެވެ.

މި ހަމަލާއާ ގުޅޭގޮތުން އިރާނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.