ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް އެމެރިކާގެ އަސްކަރިއްޔާއިން ފައްތާލި އިރާނުގެ މަނަވަރުން 87 މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ލަންކާ ނޭވީން ބުނީ ލަންކާ ސިފައިންނަށް އެ ސަރަހައްދަށް ދެވުނުއިރު މަނަވަރުގެ އެއްވެސް ނިޝާނެއް ނެތް ކަމަށާއި ފެންނަން ހުރީ ކަނޑަށް ބޭރުވެފައިވާ ތެލާއި ލައިފް ރާފްޓްގެ އިތުރުން ކަނޑުމަތީ އޮޔާދިޔަ މީހުން ކަމަށެވެ.
ސަލާމަތްކުރި 32 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މަނަވަރުން ފެނުނު 87 މީހެއްގެ ހަށިގަނޑު މިހާރު އެއްގަމާއި ހަމައަށް ގެނެވިފައިވާ ކަމަށްވެސް ބުންޏެވެ. އެ މަނަވަރުގައި 180 ފަޅުވެރިން ތިބި ކަމަށްވެ އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މިއަދު ވިދާޅުވީ މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޓޯޕެޑޯއަކުން ހަމަލާދިން ފުރަތަމަ ފަހަރު ކަމަށާއި އިރާނުގެ މަނަވަރަށް ހަލާކުކޮށްލާފައިވާ ކަމަށެވެ.
އީރާނުން ގަބޫލުކުރީ ބައިނަލްއަގުވާމީ ކަނޑުގައި އެ ގައުމުގެ މަނަވަރުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވިދާނެ ކަމަށް ކަމަށާއި އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން ކާމިޔާބީތައް ހޯދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ވެސް ހޯދާނެ ކަމަށް ހެގްސެތު ވިދާޅުވި އެވެ.
މި ހަމަލާއާ ގުޅޭގޮތުން އިރާނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.