Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ތެލުގެ އަގަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެސްޓީއޯއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01 ރުފިޔާއަށް ކަމަށެވެ. ކުރިން ވިއްކަމުން އައީ 13.50 އަށެވެ.

ޑީސަލް ވިއްކަމުން އައީ ލީޓަރެއް 13.92 ލާރިއަށެވެ. ނަމަވެސް ދެން ވިއްކާނީ 17.54 ރުފިޔާއަށެވެ.

އެސްޓީއޯއިން ތެލުގެ އަގުތައް ބޮޑުކޮށްފައި މި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިވަގުތު އުފުލިފައި ވާތީ އެވެ.