ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މި މަހު މ. އާއި ލ. އަތޮޅުގައި ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އޭނަ ވިދާޅުވީ އެ ދެ އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
އެންމެ ފަހުން އާރުޓީއެލްގެ ހިދުމަތް ފެށީ ފ އަތޮޅާއި ދ އަތޮޅުގައެވެ. އެ ދެ އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ފެށީ މިދިޔަ މަހުުގެ 17 ގަ ދުވަހު އެވެ.
ފ އަދި ދ. އަތޮޅުގައި މި ހިދުމަތް ފެށުމުން އާރްޓ.އެލް ހިދުމަތް ފެށުމާ އެކު މިހާރު ޖުމްލަ 14 އަތޮޅެއްގައި އެ ހިދުމަތް އަންނަނީ ދެމުންނެވެ.
އާރްޓީއެލްގެ ހިދުމަތަކީ އެމްޓީސީސީ މެދުވެރިކޮށް ދޭން ހިދުމަތެކެވެ. ދެހާސް ބާވީހުގައި ފެށި މި ހިދުމަތުގެ ތެރެއިން ބައެއް ސަރަހައްދުގައި އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.