Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އުލިމަގު ޔޮޓް މެރީނާ ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

ހއ. އުލިގަމުގައި ހަދަން ހަމަޖެހިފައިވާ ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޓް، އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.

އެ ޔޮޓް މެރީނާ ތަރައްގީ ކުރަން އެ ކުންފުންޏާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓް 1، 2024 ގަ އެވެ.

އުލިގަމަކީ ވަރަށް ގިނަ ޢަދަދެއްގެ ޔޮޓްތައް ބަނދަރުކުރާ ރަށެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ޓޫރިޒަމްގެ ޕީކް ސީޒަންގެ އިތުރުން ވެސް އަހަރު އެކި ދުވަސްވަރު ގިނަ ޢަދަދެއްގެ ޔޮޓްފަހަރު އުލިމަގަމުގައި ބަނދަރުކުރެ އެވެ.

ނަމަވެސް ޔޮޓްފަހަރަށް ބޭނުންވާނެ ހިދުމަތްތައް ފޯރުކޮށް ދޭނެ ހާއްސަ ވަސީލަތެއް ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންވެ ޔޮޓް މެރީނާ އަކީ އެކަމަށްޓަކައި ގާއިމު ކުރަން ނިންމާފައިވާ ތަނެކެވެ.

އެމްޕީއެލުން ބުނީ އުލިގަމު ޔޮޓް މެރީނާ ޑިޒައިންކުރުމާއި ތަރައްގީކޮށްކޮށް ދޭނެ ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އުލިގަމުގައި ތަރަށްޤީކުރާ ޔޮޓް މެރީނާ ހަދަން ވަކި ހާއްސަ ސަރަހައްދެއް ވެސް ކަނޑައަޅާފައިވެ އެވެ.